ކޯވިޑް-19 އަށް އިތުރު 24 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 22 މީހުން މާލެއިން ޕޮސިޓިވްވެފައިވާއިރު ދެ މީހުން ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
މިއަދު ރާއްޖޭގައި ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،409 ސާމްޕަލެވެ.
މިވަގުތު ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 862 އެވެ. އޭގެ ތެރެއިން 52 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 277 މީހުން އެބަތިއްބެވެ.
އަތޮޅުތެރޭގެ 19 ރަށެއްގައި ކޯވިޑަށް ޕޮއިޓިވް 37 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 24 ދިވެހިންނާއި 13 ބިދޭސީންނެވެ.
ރިސޯޓުތަކަށް ބަލާއިރު 24 ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 83 މުވައްޒަފުންނާއި 30 ޓޫރިސްޓުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޯވިޑަށް ފަރުވާ ދެމުން ދިޔަ 33 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،685 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 11،591 މީހުންނެވެ. 37 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް