ބަޔޮސްފިޔާ ރިޒާވް ލަގަބާއެކު އައްޑޫ އާއި ފުވައްމުލަކުގައި އިކޯ ޓޫރިޒަމް ކުރިއެރުވޭނެ

ޔުނައިޓެށް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗުރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ބަޔޮސްފެއާ ރިޒާވުގެ ލަގަބު އައްޑުސިޓީ އާއި ފުވައްމުލައް ސިޓީއަށް ލިބުމުން އެ ދެ ސިޓީގައި އިކޯ ޓޫރިޒަމް ކ...

28 Oct 2020 | 16:25

ޔުނައިޓެށް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗުރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ބަޔޮސްފެއާ ރިޒާވުގެ ލަގަބު އައްޑުސިޓީ އާއި ފުވައްމުލައް ސިޓީއަށް ލިބުމުން އެ ދެ ސިޓީގައި އިކޯ ޓޫރިޒަމް ކުރިއެރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެންވަޔަރުމެންޓު މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ޔުނެސްކޯއިން އައްޑޫ އާއި ފުވައްމުލަކަކީ ބަޔޮސްފެއާ ރިޒާވުގެ ލަގަބު ލިބިފައިވާ ތަނެއްކަމަށް ކަނޑައެޅުމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހަސަން ވިދާޅުވީ، އެ ދެ ރަށުގެ ބަޔޮސްފެއާ ރިޒާވު އިސްތިހާރު ކޮށްގެން ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ. އަދި އިންބައުންޑް ޓޫރިޒަމްގެ މަންޒިލަކަށް އެ ދެ ސިޓީ ހެދިދާނެ ކަމަށެވެ.

ބަޔޮސްފެއާ ރިޒާވުގެ ލަގަބަކީ 10 އަހަރަށް ލިބިދޭ ލަގަބެކެވެ. އެއަށްފަހު އަލުން އެތަނެއް ދިރާސާ ކުރުމަށްފަހު ބަޔޮސްފެއާ ރިޒާވުގެ ލަގަބު ދޭން ފެންނަނަމަ ޔުނެސްކޯއިން އެލަގަބު ދޭނެ އެވެ. އަައްޑޫ އާއި ފުވައްމުލަކު ސިޓީއަކީ ބަޔޮސްފެއާ ރިޒާވުގެ ލަގަބަކަށް ހެދުމުގެ މަސައްކަތް އެންވަޔަރުމެންޓު މިނިސްޓްރީއިން ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހަސަން ވިދާޅުވީ، މަދު މީހަކު ނަމަވެސް ހިމާޔަތް ކޮށްފައިވާ ގުދުރަތީ ވެށިތަކަށް ގެއްލުން ދެމުންދާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ވެސް ޑރ. ހަސަން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑރ. ހަސަން ވިދާޅުވީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ބެލެހެއްޓުމަށް ފުލުހުން ގާއިމްނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ބަޔޮސްފެއާ ރިޒާވާއި އެނޫންވެސް ގުދުރަތީ ވެށިތަކުގެ މުހިންމުކަން ރައްޔިތުންނަށް ކިޔާދީ، ރައްޔިތުންނާ ގުޅިގެން ހިމާޔަތް ކުރެވިފައިވާ ގުދުރަތީ ވެށިތަކަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ބޭނުންވާ ކަމަށް ޑރ. ހަސަން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް