ރާއްޖޭގެ މޫސުން ކުރިއަށް ދެ ދުވަހު ވެސް ގޯސްވާނެ ކަމަށާއި ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދު ސަރަހައްދުތަކަށް މިރޭގެ އެކި ވަގުތުތަކުގައި ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނ ކަމަށެވެ. އަދި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން މެދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށާއި އެ ސަރަހައްދުތަކަށް ކަނޑު ޢާންމު ގޮތެއްގައި މި ދެ ދުވަހު ގަދަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުނެފައި ވެއެވެ.
މިއަދު ހެނދުނުން ފެށިގެން މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށާއި މާލެއަށްވެސް އަންނަނީ ވިއްސާރަކުރަމުން ނެވެ. އަދި ބޯކޮށް ވާރޭ ވެހެމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުގައި މިހާރު ވަނީ ފެންބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް