މާތްވެގެންވާ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ފިތުނަވެރިކަމުގެ އަމަލެއް ކަމަށް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ދިވެހި ސަރުކާރުން މިހެން ބުނެފައި މިވަނީ ދަރިވަރުންތަކަކަށް ކީރިތި ރަސޫލާގެ ކާޓޫނު ކުރަހައި ދެއްކި ކަމަށް ބުނެ ފްރާންސްގެ ޓީޗަރަކު މަރާލި ހާދިސާ އަށް ފަހު އެ ގައުމުގައި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގުން އިތުރުވެފައި ވަނިކޮށެވެ. މި މައްސަލައިގަ ދުނިޔޭގެ އިސްލާމީ ގައުމުތަގެ ފާޑުކިޔުން ފްރާންސަށް ވަނީ އަމާޒުވެފައި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ އިސްލާމް ދީނަކީ ސުލްހަވެރިކަމުގެ ދީނެއް ކަމަށާއި އެ ދީނާ ޓެރަރިޒަމް ނުވަތަ ދީނީ ހަރުކަށި ފިކުރާ ގުޅުވައި ވާހަކަދެއްކުމަކީ ރާއްޖެއިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރުމުގައި ރާްއްޖެއިން ސުލްހައާއި ހަމަޖެހުމަށް އިސްކަން ދޭނެކަމަށް ބުންޏެވެ.
މީގެ އިތުރުން ރާއްޖެއިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކޮށް ކެތްތެރިކަން އިސްކޮށް އަނިޔާވެރިކަމާއި ރުޅިވެރިކަން ފެތުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް