ބަޔޮސްފިޔާ ރިޒާވްގެ ލަގަބު އައްޑޫ އަދި ފުވައްމުލައް ސިޓީއަށް - މިނިސްޓަރު ވިދާޅުވަނީ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެކަށް

ބަޔޮސްފިއާ ރިޒަރވް ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. ޔުނައިޓެށް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފ...

28 Oct 2020 | 14:41

ބަޔޮސްފިއާ ރިޒަރވް ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ޔުނައިޓެށް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗުރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ބަޔޮސްފެއަރ ރިޒާވުގެ ލަޤަބު އައްޑުސިޓީ އާއި ފުވައްމުލައްސިޓީއަށް ރަސްމީކޮށްމިއަދުލިބިފައިވާއިރު މިނިސްޓަރ ވިދާޅުވީ މި ކަމަކީ ވަރަށް ބުރަ ކަމެއް ކަމަށާއި ނަމަވެސް މިކަން ކުރެވުނީ ވަރަށް ގިނަ ބައެއްގެ ހިންމަތާއި މަސައްކަތުން ކަމަށެވެ.

މީގެ އިތުރުން އެ ދެ ސިޓީގެ ތަރައްގީއަށް ވަރަށް ބޮޑު ކުރި އެރުމެއް ލިބޭނޭ ކަމަށާއި ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިކަން ފާހަގަ ކުރުމަށް އޮންލައިންކޮށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ވިދާޅުވީ އެ ދެ ސިޓީ ބަޔޮސްފިއާ ރިޒަރވް ހެދުމަށް ސާރވޭއެއް ހެދި ކަމަށެވެ. އަދި އެ ދެ ސިޓީގެ ރައްޔިތުންގެ 90 އިންސައްތަ އެކަމަށް ތާއީދު ކޮށްފައިވާ ކަމަށެވެ.

ބައިނަލްއަޤުވާމީ ޖަމްޢިއްޔާ އެއް ކަމަށްވާ ބަޔޮސްފިއަރ ރިޒަރވަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ތިމާވެށީގެ ގޮތުން ފާހަގަ ކޮށްލެވޭ، ބަލަހައްޓައި، ދަމަހައްޓައި، ހިމާޔަތް ކުރުން މުހިންމު، އެތަންތަނުން އެ ސަރަހައްދުތަކުގައި އުޅޭ ދިރުންތަކަށް ފައިދާ ލިބޭ ތަންތަނުގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށް ދެވޭ ލަޤަބެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް