އިތުރު ހެކި ހުށަހަޅާފައި ވަނިކޮށް ކޯޓުން ޝަހީބު ދޫކޮށްލުމުން އިސްތިއުނާފު ކުރަނީ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި މަސްދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ އިސްކޮށް ހުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލިީ ލައިޓްހައު...

28 Oct 2020 | 14:24

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި މަސްދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ އިސްކޮށް ހުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލިީ ލައިޓްހައުސް، ޝަހީބު އިބްރާހިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައިގަ ޝަހީބު ހައްޔަރު ކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މިއަދު އޭނާ ކޯޓަށް ހާޒިރު ކުރީ ދެ ވަނަ ފަހަރަށް މުއްދަތު އިތުރު ކުރުމަށެވެ.

ފުލުހުން ބުނީ ފުރަތަމަ ފަހަރު ބަންދުގެ މުއްދަތު އިތުރު ކުރަން ގެންދިޔަ އިރު ހުށަހެޅި ހެކިތަކުގެ އިތުރަށް ޝަހީބާއި ދެކޮޅަށް އިތުރު ހެކިތަކެއް ހުށަހެޅި ކަމަށެވެ. އެކަމަކު ކޯޓުން ނިންމީ އޭނާ ދޫކޮށްލަން ކަމަށެވެ

ފުލުހުން ބުނީ ޕީޖީ އޮފީހާއި މަޝްވަރާ ކުރުމަށް ފަހު މިހާރު ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ މި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ޝަހީބު ހައްޔަރު ކުރުމާއެކު އޭނާ ވަނީ ޕީއެންސީން ސަސްޕެންޑްކޮށްފަ އެވެ.

އެ މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ އަށެވެ.

މި މައްސަލައިގެ އިތުރުން މިދިޔަ އަހަރު ރާއްޖެއިން ހިފެހެއްޓި އިރާނުގެ ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުން ކުރަމުންދާ ކަމަށް ބުނެ ފުލުހުން ވަނީ ޝަހީބުއަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ދަނީ އެ ބޯޓު ސަފާރީއަކަށް ހަދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް