ލުފްތަންސާ އެއަރލައިންސްގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް ފަށައިފި

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ހުޅުވާލުމާއެކު ލުފްތަންސާ އެއަރލައިންގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް އަލުން މިއަދު ފަށައިފި އެވެ. ޖަރުމަނުގެ އެންމެ ބޮޑު އެއަރލަ...

28 Oct 2020 | 13:46

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ހުޅުވާލުމާއެކު ލުފްތަންސާ އެއަރލައިންގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް އަލުން މިއަދު ފަށައިފި އެވެ.

ޖަރުމަނުގެ އެންމެ ބޮޑު އެއަރލައިން، އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް އަލުން ފަށަން ނިންމާފައިވާ އިރު، އެ އެއަރ ލައިނުން ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ވެސް ބުދަ އަދި ބުރާސްފަތި ދުވަހު ރާއްޖެއަށް ދަތުރު ބޭއްވުމަށެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ޔޫއޭއީގެ ފްލައިދުބާއީގެ ދަތުރުތައް ވެސް އިއްޔެ ވަނީ އަލުން ފަށައިފަ އެވެ. ފްލައިދުބާއީން ހަފުތާއަކު ހަތަރު ދަތުރު ރާއްޖެއަށް ކުރާނެ ކަމަށް އެ އެއަރ ލައިނުން ވަނީ ބުނެފަ އެވެ.

ޗައިނާގެ ވޫހާން ސިޓީން ފައިބެއަހަރު ފެތުރެން ފެށި ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމެއްގެ ބޯޑަރުތައް ކަހަލަގޮތަކަށް ބަންދުކުރި އެވެ.

އޭގެ ތެރޭގައި ރާއްޖެވެސް ހިމެނި، ރާއްޖޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ.

އެހެން ނަމަވެސް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، މިހާތަނަށް 14 އެއަރލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށައިފަ އެވެ. އަދި ޕްރައިވެޓް ޖެޓުތައް ވެސް ރާއްޖެއަށް އައުން ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް