ޠަލާލް އަލް ޖެރީ ފައުންޑޭޝަންގެ ފަރާތުން ރާއްޖެއަށް ދިހަ ހާސް މުސްހަފު ހަދިޔާކޮށްފި

ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް ދިހަ ހާސް މުޞްޙަފް ހަދިޔާކުރައްވައިފިއެވެ. ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނަކީ ހިލޭ ސާބަހަ...

28 Oct 2020 | 13:20

ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް ދިހަ ހާސް މުޞްޙަފް ހަދިޔާކުރައްވައިފިއެވެ.

ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނަކީ ހިލޭ ސާބަހަށް އިންސާނީ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

އިސްލާމީ ތަޢުލީމާއި ތަރުބަވީ ތަޢުލީމު ފުޅާކުރުމަށް މުޖުތަމަޢަށް އެހީތެރިވުމަކީ ވެސް މި ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިއަހަރުގެ ޖަނަވަރީމަހު ކުވޭތަށް ކުރެއްވި ދަތުރުފުޅުގައި މި ފައުންޑޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް ޠަލާލް އަލް ޖެރީ އާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް ލިބިގެން ދިޔަ އެހީއެކެވެ.

މި މުޞްޙަފް ތައް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުއާ ޙަވާލުކުރެއްވީ 28 އޮކްޓޫބަރ 2020 ވަނަ ދުވަހު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ފައުންޑޭޝަންގެ ރައީސް ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު އެވެ.

ޠަލާލް އަލް ޖެރީ އަކީ ކުވޭތުގައި ފުޅާ ދާއިރާއެއްގައި ތަޢުލީމް ފެތުރުމުގެ މަސައްކަތްކުރައްވާ ބޭފުޅެކެވެ.

އެގޮތުން ކުވޭތުގެ އެކި ސަރަޙައްދުތަކުގައި 20 ސްކޫލް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި އިންޓަރނޭޝަނަލް ސްކޫލްތައް ވެސް ހިމެނެއެވެ.

ޠަލާލުގެ ނަމަށް ނިސްބަތްވާ "ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އަކީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި ޠަލާލް އަލް ޖެރީ އާ ގުޅިގެން ހިންގުމަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ.

ޠަލާލް އަލް ޖެރީ އަކީ ކުވޭތުގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރެކެވެ. މީގެއިތުރުން ޠަލާލަކީ ކުވޭތާއި ޢަރަބި ދުނިޔެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް