ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަނީ

ދިވެހިރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވަން ނިންމައިފި އެވެ. ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވުމަށް ނިންމީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއ...

28 Oct 2020 | 10:43

ދިވެހިރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވަން ނިންމައިފި އެވެ.

ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވުމަށް ނިންމީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު އެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައި އެވެ.

އެމެރިކާއިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވަނީ އެއް ސަފީރެކެވެ. އަދި އެމެރިކާ އެމްބަސީ ލަންކާގެ ކޮލަމްބޯގައި ގާއިމްކޮށްފައިވާއިރު އެމެރިކާ އައި ގުޅުން ހުރި ކަންކަމުގައި ދިވެހިން ހިދުމަތް ހޯދަން ދާން ޖެހެނީ ލަންކާ އަށެވެ.

ރައީސް އޮފީހުން ބުނީ އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ އެމެރިކާ އަށް ތައުލީމު ހާސިލްކުރަންދިޔުމަށް ދިވެހިންނަށް އިތުރު ފުރުސަތުތައް ލިބޭނެ ކަމެއް ކަމަށެވެ. އަދި މިއީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް ނިންމި ނިންމުމަކީ މި ސަރުކާރުން ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅުން ގާއިމްކޮށް ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދަތުރުފުޅާއެކު ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އަގު އުފުލި، މި ސަރަހައްދުގައި ރާއްޖޭގެ ދާހިލީ އަދި ފޮރިން ޕޮލިސީތައް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ބާރުލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް