ޖާބިރު ހުށަހެޅުއްވި ބަރުލަމާނީ ބިލް ބޭރުކޮށްލައިފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލް ބަލައި ނުގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ޖާބ...

28 Oct 2020 | 09:22

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލް ބަލައި ނުގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޖާބިރު ހުށަހެޅުއްވި ބިލް ބަލައި ނުގަތުމަށް 51 މެމްބަރުން ވޯޓު ދެއްވި އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދެއްކީ އެންމެ ތިން މެމްބަރުންނެވެ. އެއީ ޖާބިރާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު އެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަ ބިލް ހުށަހަޅުއްވައި ދެއްވަމުން ޖާބިރު ވިދާޅުވީ އޭނާ އެ ބިލް ހުށަހެޅުއްވީ، 2008 ވަނަ އަހަރުތަސްދީގު ކުރި ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގި ކަމަށާއި، އެ ވޯޓުގައި ރައްޔިތުންގެ އަގުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ އިންތިހާބެއްކަމަށް ކަނޑައެޅިނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގެ ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް މުތުލަގުގޮތެއްގައި ނެތުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް