އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕެއޯ ރާއްޖެ ވަޑައިގެންފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގެންފި އެވެ. ޕޮމްޕެއޯގެ މި ދަތުރަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން އެމެރިކާގެ އިސްނެގުމާ އެކު އުފައްދާފައިވާ "އިންޑޯ-...

28 Oct 2020 | 09:22

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގެންފި އެވެ.

ޕޮމްޕެއޯގެ މި ދަތުރަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން އެމެރިކާގެ އިސްނެގުމާ އެކު އުފައްދާފައިވާ "އިންޑޯ-ފެސިފިކް އެލަޔަންސް"ގެ ބައްދަލުވުމަށް އިންޑިއާއަށް ވަޑައިގަތް މި ސަރަހައްދުގެ އެހެން ގައުމުތަކަށް ކުރައްވާ ދަތުރެކެވެ. ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން ޕޮމްޕިއޯ ވަނީ އިންޑިއާ އަދި ސްރީލަންކާއަށް ވަޑައިގެންފައި އެވެ.

ރާއްޖޭގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ދެން ވަޑައިގެންނަވާނީ އިންޑޮނީޝިއާ އަށެވެ.

ރާއްޖެއަށް ވަޑައިގެން އެންމެ ފުރަތަމަ ޕޮމްޕެއޯ އެންމެ ފުރަތަމަ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެވެ. އޭގެ ފަހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މި ބައްދަލުވުންތަކުގައި ކޯވިޑާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތާއި، އިގްތިސޯދީ އަދި އަސްކަރީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް