ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު ބަޔަކު މޯލްޑިވިއަންގެ އެހީގައި މިއަދު ފުރުވާލައިފި

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު ބަޔަކު މޯލްޑިވިއަން ގެ އެހީގައި މިއަދު ފުރުވާލައިފިއެވެ. އެގޮތުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ފުރުވާލާފައިވަ...

28 Oct 2020 | 09:03

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު ބަޔަކު މޯލްޑިވިއަން ގެ އެހީގައި މިއަދު ފުރުވާލައިފިއެވެ.

އެގޮތުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ފުރުވާލާފައިވަނީ 152 މީހުން ނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން 8000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ފްލައިޓުތައް ބާއްވަމުން ދަނީ ކޯވިޑް-19 އާއި ގުޅިގެން ނެވެ.

ސަރުކާރުގެ އަމާޒަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން މިއަހަރުގެ ނިޔަލަށް އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ދެވަނަ އަށް އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް