ޢުމްރާއަށް ގޮސް ކަރަންޓީނުވާން ޖެހޭ މުއްދަތު ސަޢުދީ ސަރުކާރުން ހާމަކޮށްފި

ޢުމްރާއަށް ގޮސް ކަރަންޓީނުވާން ޖެހޭ މުއްދަތު ސަޢުދީ ސަރުކާރުން ހާމަކޮށްފި އެވެ. ސަޢުދީ ސަރުކާރުން މިހާރު ނިންމާފައިވަނީ ޢުމްރާގެ އަޅުކަމަށް އެގައުމަށް ދިއުމުގެ ހުއްދަ އަންނަ މަހުން ފެށިގެން ދިނުމަށެވެ...

28 Oct 2020 | 08:19

ޢުމްރާއަށް ގޮސް ކަރަންޓީނުވާން ޖެހޭ މުއްދަތު ސަޢުދީ ސަރުކާރުން ހާމަކޮށްފި އެވެ.

ސަޢުދީ ސަރުކާރުން މިހާރު ނިންމާފައިވަނީ ޢުމްރާގެ އަޅުކަމަށް އެގައުމަށް ދިއުމުގެ ހުއްދަ އަންނަ މަހުން ފެށިގެން ދިނުމަށެވެ.

އެގައުމުގެ ނޫސްތަކުގައި ސަރުކާރާ ޙަވާލާދީ ބުނެފައިވަނީ އުމްރާގެ ކުރިން ކަރަންޓީނުގައި ތިބެން ޖެހޭނީ ތިން ދުވަހު ކަމަށެވެ. އަދި އިހްރާމް ބަންނާނީ އެ މީހަކު ހުންނަ ހޮޓަލެއްގައި ކަރަންޓީނު ފުރިހަމަކުރުމަށް ފަހު އެންމެ ކައިރި މީގާތަކަށް ދިއުމަށް ފަހު ކަމަށެވެ.

"އިހްރާމް ބަނުމަށް މީގާތަކަށް ގެންގޮސްދިނުމަކީ އެ މީހަކު އުމްރާ އަށް ގެންދިއުމާ ހަވާލުވި ކުންފުންޏެއްގެ ޒިންމާއެއް." ސަޢުދީގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީ އާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަން ކުރުމަށް މާތްވެގެންވާ ޙަރަމްފުޅަށް ވަނުން މަނާ ކުރީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ، ކޯވިޑް019 ގެ ސަބަބުން ނެވެ.

ކޯވިޑް-19 ފެތުރޭތީ ސައޫދީގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ އެތައް މަހެއް ފަހުން އަލުން ފަށައިގަންނަނީ ތިން ވަނަ މަރުހަލާއަކަށް ބަހާލައިގެން ނެވެ.

މި މަރުހަލާގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ކޮންމެ ދުވަހަކު 20،000 މީހުންނަށް އަޅުކަމުގެ ފުރުސަތު ދޭނެ އެވެ.

އުމްރާގެ އަޅުކަން އަލުން ފެށީ ސައޫދީގައި އުޅޭ މީހުންނަށް އެކަނި ބައިވެރިވެވޭ ގޮތަށެވެ.

ގައުމުތަކުގައި ކޯވިޑް-19 އޮތް ހާލަތު ސައޫދީގެ ސެންޓަރ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލުން ބަލަމުން އަންނަ ކަމަށާއި އެކި ގައުމުތަކުގެ މީހުންނާ މެދު އަމަލުކުރާނެ ގޮތުގެ ލަފާ އެ އިދާރާ އިން ދެމުން އަންނަ ކަމަށް ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އުމްރާ އަށް މީހުންނަށް އާދެވޭ ގައުމުތައް ކަނޑައަޅަނީ މި މައުލޫމާތަށް ބަލައިގެންނެވެ.

ސައޫދީގައި ކޯވިޑް-19 ފެތުރުންދާ މިންވަރު ކުރިއަށް ވުރެ މަދުވުމުން އުމްރާގެ އަޅުކަން އަލުން ފަށާ، އެހެން ގައުމުތަކުގެ މީހުން އެ ގައުމަށް ގޮސް އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިން ނަމަވެސް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާ ނަމަ ފުރުސަތުތައް ހަނިކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އުމްރާ އަށް އަންނައިރު ހެލްތު އިންޝުއަރެންސް ވަނީ ލާޒިމު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް