ފަނޑިޔާރުކަމުން އިސްތިއުފާ ދިނުމުން، ސުލޫކީ މައްސަލަ ނުބެލޭތީ ކަންބޮނޑުވޭ: ނަޝީދު

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ސާބިތުވެ، މަގާމުން ވަކިކުރަން ފޮނުވުމާއެކު އިސްތިއުފާ ދިނުމުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަށް ނުބެލި މަޑުޖެހޭތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަ...

28 Oct 2020 | 06:48

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ސާބިތުވެ، މަގާމުން ވަކިކުރަން ފޮނުވުމާއެކު އިސްތިއުފާ ދިނުމުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަށް ނުބެލި މަޑުޖެހޭތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮނޑުވުން ފައުޅުކޮށްފި އެވެ.

ނަޝީދު މިހެން ވިދާޅުވީ، ފަނޑިޔާރެއްގެ މަގާމުގައި ހުންނަވައިގެން ކުރައްވަން ނުޖެހޭ ކަންތައްތަކެއް ކުރެއްވި މައްސަލައިގައި ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އޭރު ޖުޑީޝަލް ސާވިސް ކޮމިޓީ (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޝުކޫރު މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

ޝުކޫރުގެ މައްސަލަ ޖޭއެސްސީ ބަލަން ފެށީ އޭނާ ފަނޑިޔާރު ކަމުގައި ހުންނަވައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް ތާއިދު ކުރައްވައި ވޯޓު ހޯދަން މަސައްކަތް ކުރުމުންނެވެ. އަދި ކޮލަމާފުށިން ޓެރަރިޒަމްގެ ތުހުމަތުގައި ހަައްޔަރުކުރި ބައެއް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުގައި، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާ ކުރެއްވި މައްސަލަ އެވެ.

ޖޭއެސްސީއިން ޝުކޫރު ވަކިކުރުމުގެ ކުރިން އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ.

ޖަލްސާގައި އިތުރަށް ނަޝީދު ވިދާޅުވީ، ފަނޑިޔާރުން އިސްތިއުފާ ދިނުމުން ސުލޫކީ މައްސަލަތަށް ބަލައި ނިންމޭނެ ގޮތެއް ނޯންނާތީ، އިސްތިއުފާ ދިން ފަނޑިޔާރުންނަށް އަލުން މަގާމަށް އައުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް