ލ.ގަމު ތުނޑީ އަވަށުގައި މިހާރު ކުރިޔައްދާ ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެނަޖް 2020 ފުޓްސަލް މުބާރާތުގެ ކުޅުން މިރޭ ނިމުމަކަށް އަންނަ އިރު، މިރޭ އޮތީ މުބާރާތުގެ ފައިނަލް މެޗެވެ. މިރޭގެ މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގައި ސައްތައިން ސައްތަ ރެކޯޑާއި އެކު ފައިނަލަށް ދަތުރު ކުރި ދެޓީމު ކަމުގައިވާ ޑީޑީއެފް ދި ޖެނެރެޝަން އަދި ކަންމަތި ސްޕޯޓްސް ކުލަބެވެ.
މި ދެޓީމަށް ބަލާލާއިރު، މި ދެޓީމަކީ ވެސް މި މުބާރާތުގައި މިހާތަނަށް ގިނަ ބަޔަކު ފާހަގަ ކުރި އެންމެ ފަތާތު މޮޅު ކުޅުމެއް ދައްކަމުން މިހާ ހިސާބަށް އައިސްފައިވާ ދެޓީމެވެ.
މީގެން އެއްވެސް ޓީމެއް މި މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލި ވެފައެއް ނުވެއެވެ. ކޮންމެ ޓީމަކުން ވެސް ގްރޫޕް ސްޓޭޖުގައި ހަތަރު މެޗު ކުޅެފައިވާއިރު، ދެ ޓީމު ވެސް ކުޢާޓާ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން ތަފާތު ބޮޑު ނަތީޖާތަކެއް ނެރެ މޮޅުވެގެންނެވެ.
ޑީޑީއެފް އަދި ކަންމަތި ސްޕޯޓްސް ކުލަބު ފައިނަލަށް ދަތުރުކުރުން:
ޑީޑީއެފް ދި ގެނެރޭޝަން:
ގްރޫޕް ސްޓޭޖް މެޗުތަކުގެ ނަތީޖާތަށް:
ޑީޑީއެފް- ގޯޅި ސްޕޯޓްސް: 6-3
ޑީޑީއެފް- ޔުނައިޓެޑް ކިލާ: 10-1
ޑީޑީއެފް- ޑޭންޖަރަސް ބޯއީސް: 4-3
ޑީޑީއެފް- އައުޓްރީފް ސްޕޯޓްސް ކުލަބު: 3-1
ކުއާޓާ ފައިނަލް މެޗުގެ ނަތީޖާ:
ޑީޑީއެފް- ޑީކޭއެންޒެޑް: 17-3
ސެމީ ފައިނަލް މެޗުގެ ނަތީޖާ:
ޑީޑީއެފް- ގޯޅި ސްޕޯޓްސް ކުލަބު: 6-5 ( ޕެނަލްޓީ ގައި)
ކަންމަތި ސްޕޯޓްސް ކުލަބު:
ގްރޫޕް ސްޓޭޖް މެޗުތަކުގެ ނަތީޖާތަށް:
ކަންމަތި ސްޕޯޓްސް ކުލަބް- ގޯޅި ޖޭއާރު: 8-3
ކަންމަތި ސްޕޯޓްސް ކުލަބް- ރޯޔަލް އެފްސީ: 12-3
ކަންމަތި ސްޕޯޓްސް ކުލަބް- ޑީކޭއެންޒެޑް: 14-3
ކަންމަތި ސްޕޯޓްސް ކުލަބް- ސުޕަސްޓާރ: 20-4
ކުއާޓާ ފައިނަލް މެޗުގެ ނަތީޖާ:
ކަންމަތި ސްޕޯޓްސް ކުލަބު-ޔުނައިޓެޑް ކިލާ: 8-1
ސެމީ ފައިނަލް މެޗުގެ ނަތީޖާ:
ކަންމަތި ސްޕޯޓްސް ކުލަބު- އައުޓްރީސް ސްޕޯޓްސް ކުލަބު :10-3
މި މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ފަށާނީ މިރޭ 20:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް