ހެލްތު މިނިސްޓަރުގެ މަގަމަށް ރައީސް އޮފީހުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ ދިރާސާކުރަން ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނަސީމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ސޯލިހު ފޮނުއްވާފައިވާ ކަމަށެވެ.
ކޮމިޓީއަށް މައްސަލަ ފޮނުވުނުކަން އިއުލާނުކުރައްވަމުން ނަޝީދު ވިދާޅުވީ ނަސީމަށް ރުހުން ހޯދަން ފޮނުއްވި ސިޓީއާއެކު އޭނާގެ ސީވީ އެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން ވެސް އެ ސީވީއަށް ޝައުގު ވެރިކަން ހުންނާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެ ސީވީގައި ވަނީ ނަސީމު1969 އިން ފެށިގެން2020 އަހަރާ ދެމެދު އަދާ ކުރައްވާފައިވާ މަގާމުތަކުގެ ތަފްސީލެވެ. އަދި ވެސްލީ ކޮލެޖުން ނަސީމު ތައުލީމު އުގެނުމަށްފަހު މިނިސްޓަރު ނަޝީދުގެ ވެރިކަމުގައި މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންވި ގޮތުގެ ތަފްސީލު ވަނީ ހިމަނާފަ އެވެ.
ނަސީމު ހެލްތު މިނިސްޓަރަކަށް އައްޔަން ކުރަން ރައީސް ސޯލިހު ނިންމީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަމީން އިސްތިއުފާ ދީފައިވަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ނިންމާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް