ހަނިމާދޫ ބަނދަރު މަޝްރޫއުގެ 25 ޕަސެންޓު މަސައްކަތް ނިންމައިފި

ހދ. ހަނިމާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 25 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މި...

28 Oct 2020 | 04:23

ހދ. ހަނިމާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 25 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދާ ފަޅު ފުންކުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއު ނިމޭއިރު ހަނިމާދޫ ބަނދަރުގެ 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމަށް ފަހު 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރާނެ އެވެ. 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

އަދި 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މީގެ އިތުރުން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތް ކޮށް ނިންމާނެ އެވެ.

މި މަޝްރޫއުއަކީ 57.12 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 05 މެއި 2020 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް