އަދާލާތު ޕާޓީގެ ގައުމީ މަޖިލީސް އަންނަ ފެބްރުއަރީ މަހު ބާއްވަން ނިންމައިފި އެވެ.
އެޕާޓީން ބުނީ ގައުމީ މަޖިލީސް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 އަދި 28 ވަނަ ދުވަހު ކަމަށެވެ. މި މަޖިލީހުގައި އެ ޕާޓީ ހިންގުމުގައި އިސްކޮށް ތިއްބަވާނެ ބޭފުޅުން އަލުން އިންތިހާބު ކުރާނެ އެވެ.
އަދާލަތުން ބުނީ ފެބްރުއަރީގައި ބާއްވާ ގައުމީ މަޖިލީހުގެ ކުރިން ޕާޓީގެ ރައީސާއި، ނައިބު ރައީސް، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި އިންތިހާބުތައް މިއަހަރު ނިމުމުގެ ކުރިން ބާއްވާނެ އެވެ.
އަދި ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ބުނެ އެވެ.
ގައުމީ މަޖިލީހުގައި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވާނެ އެވެ
އަދާލަތުން ބުނީ ގައުމީ މަޖިލީހުގެ ބައްދަލުވުން އަޑުއެހުމަށް ޕާޓީގެ އާންމު މެމްބަރުންނަށްވެސް ފުރުސަތު ދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް