ބާސެލޯނާގެ ރައީސްކަމުގެ މަޤާމުން އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓެމޮއު އާއެކު އެ ކުލަބުގެ ބޯޑު މެމްބަރުން އިސްތިއުފާދީފިއެވެ.
ކުލަބުގެ ރައީސްކަމުން ބާޓެމޮއު އިސްތިއުފާދިންއިރު މީގެ އެއްދުވަސް ކުރިން އޭނާ ވަނީ އިސްތިއުފާދިނުމުގެ ވިސްނުމެއް ނެތްކަމަށް ބުނެ ވާހަކަދައްކާފައެވެ. އޭނާ އިސްތިއުފާދިން އިރު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވެސް ވަނީ ތައްޔާރުވެފައެވެ.
ބާސާގެ ރައީސްކަމުން އިސްތިއުފާދިނުމަށް ގޮވާލި އަޑު ގަދަވީ މީގެ މަހެއް ކުރިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން ބާސެލޯނާ 8-2 ގެ ނަތީޖާއަކުން ބަލިވުމާއި އެ ކުލަބުގެ ފޯވާޑް ލިއޮނަލް މެސީ ކުލަބު ދޫކޮށްލަން ބޭނުންވާކަމަށް ބުނުމާ ހިސާބުންނެވެ.
މެސީ ކުލަބު ދޫކޮށްލަން ނިންމާ އެކަން ބާސާގެ މެނޭޖުމަންޓަށް އެންގިި ހިސާބުން ފެށިގެން ބާސާގެ ރައީސް މާރިއާ ބާޓެމޮއު އަށް ވަނީ ބޮޑެތި ފާޑުކިޔުމާއި ކުރިލާން ޖެހިފައެވެ. ނަމަވެސް ފަހުން މެސީ ވަނީ އެ ވާހަކަތައް އަނބުރާ ގެންގޮސް އިތުރު އެއް އަހަރު ކުލަބުގައި މަޑުކުރަން ނިންމާފައެވެ. މި މައްސަލައިގައި ބާސާގެ ގިނަ ސަޕޯޓަރުން ވަނީ ބާޓެމޮއު އާއި ދެކޮޅަށް ނިކުމެ އަޑުއުފުލާ މުޒާހަރާވެސް ކޮށްފައެވެ.
އަދި މީގެ އިތުރުން ބާޓެމޮއު ގެ އިތުބާރު ނެތްކަމަށް ބުނެ 16،250 މީހުންގެ ސޮޔާއި އެކު ވަނީ ހުށަވެސް އަޅާފައެވެ. ބާސާގެ ބޯޑު މެމްބަރުން ވަނީ މި ވޯޓު ފަސްކޮށް ބާޓެމިއޫ މަގާމުގައި އިތުރަށް ބެހެެއްޓުމަށް މަސައްކަތް ތަކެއް ވެސް ކޮށްފައެވެ. ނަމަވެސް މިކަން ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.
މާރިއާ ބާޓެމިއޫ ބާސާގެ ރައީސް ކަމާއި ހަވާލުވީ 2014 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް