ވިލިމާލެ ފަޅުގައި ގަވާއިދާ ޚިލާފަށް އޮތް 12 އުޅަނދެއް ޖޫރިމަނާކޮށްފި

ވިލިމާލެ ފަޅުތެރޭގައި ހުއްދައެއް ނެތި އަޅާފައި އޮތް 12 އުޅަނދަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން އެ އުޅަނދުތައް ޖޫރިމަނާކޮށްފިއެވެ. ކައުންސިލުން ހާމަކުރި ގޮތުގައި އެ އުޅަނދުތައް ފ...

28 Sep 2026 | 11:14
ސިޓީ ކައުންސިލް މުވައްޒަފުން ދޯނި ފަހަރަށް އަރައި މައުލޫމާތު ސާފުކުރަނީ -- ފޮޓޯ: ސިޓީ ކައުންސިލް

ސިޓީ ކައުންސިލް މުވައްޒަފުން ދޯނި ފަހަރަށް އަރައި މައުލޫމާތު ސާފުކުރަނީ -- ފޮޓޯ: ސިޓީ ކައުންސިލް

ވިލިމާލެ ފަޅުތެރޭގައި ހުއްދައެއް ނެތި އަޅާފައި އޮތް 12 އުޅަނދަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން އެ އުޅަނދުތައް ޖޫރިމަނާކޮށްފިއެވެ.

ކައުންސިލުން ހާމަކުރި ގޮތުގައި އެ އުޅަނދުތައް ފަޅުގައި އޮތީ ރަސްމީ ހުއްދައާ އެކު ފަޅު ބޭނުންކުރަމުން އައި އޮޑިދޯނިފަހަރަށް ދަތިވާ ގޮތަށް އުސޫލާ ޚިލާފަށެވެ. އެހެންވެ ކޮންމެ އުޅަނދަކުން ޖޫރިމަނާ ފީގެ ގޮތުގައި 500 ރުފިޔާ ނެގި އެވެ.

ފަޅުގެ ތެރެއިން ޖާގަ ހޯދުމުގައި ގަވާއިދަށް ޢަމަލުކުރާ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމުގެ ބޭނުމުގައި މި ފިޔަވަޅު އެޅީ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް ފަޅުގައި އޮންނަ އުޅަނދުތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކައުންސިލުން ވަނީ ދީފައެވެ.

ހަމައެއާ އެކު ފަޅު ބޭނުންކުރުމުގެ ގަވާއިދުތަކަށް ހުރިހާ ފަރާތަކުން ވެސް ތަބާވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

ހުއްދައެއް ނެތި ފަޅު ބޭނުންކުރާ އުޅަނދުތައް މަދުކޮށް ފަޅުތެރޭގެ އިންތިޒާމުތައް ރަނގަޅުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ގެންދާ އިރު މީގެ ކުރިން ވެސް މާލެ އާއި ވިލިމާލެ ފަޅުގައި ގަވާއިދާ ޚިލާފަށް އޮތް އުޅަނދުތައް ޖޫރިމަނާކޮށްފައިވެއެވެ.

ވިލިމާލެ ފަޅަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓާ ސަރަޙައްދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް