ކުޅުދުފުށީ ސިޓީ އާއި ނޮޅިވަރަމް މޮނިޓަރިންއިން ނަގައިފި

ކުޅުދުއްފުށީ ސިޓީ އާއި ހދ. ނޮޅިވަރަމް މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ. އެ ދެ ރަށް މޮނިޓަރިންއަށް ލީ ކުޅުދުއްފުށީގައި ދުއްވާ "ފާޅަ ބޯޓު" ގެ ފަޅުވެރިއަކު ޕޮސިޓިވްވުމުންނެވެ. އެ މީހާ ޕޮސިޓިވްވީ މިމަހ...

28 Sep 2020 | 18:09

ކުޅުދުއްފުށީ ސިޓީ އާއި ހދ. ނޮޅިވަރަމް މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

އެ ދެ ރަށް މޮނިޓަރިންއަށް ލީ ކުޅުދުއްފުށީގައި ދުއްވާ "ފާޅަ ބޯޓު" ގެ ފަޅުވެރިއަކު ޕޮސިޓިވްވުމުންނެވެ. އެ މީހާ ޕޮސިޓިވްވީ މިމަހުގެ25 ވަނަ ދުވަހު އަލާމާތްތައް ފެންނާތީ ޓެސްޓު ކުރުމުންނެވެ.

ނޮޅިވަރަމް މޮނިޓަރިންއަށް ލީ އެ ބޯޓު އެރަށަށް ދަތުރުކޮށްފައިވާތީ އެވެ.

އެމިހާ އާއި ޑައިރެކްޓު ކޮންޓެކްޓުވި އެ ބޯޓުގެ އިތުރު ދެ ފަޅުވެރިއަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެޗްޕީއޭއިން ބުނީ ނޮޅިވަރަމްގައި އެމީހާ އާއި ކޮންޓެކްޓުވި ދެ މީހަކު ފާހަގަ ކުރެވިފައިވާތީ އެ ދެމީހުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

އެ ދެ ރަށުގެ މޮނީޓަރިންގެ ހާލަތު އުވާލައި، އާންމު ހާލަތަށް ބަދަލުކުރީ މިރޭ އެވެ.

މިހާތަނަށް ރާއްޖެއިން 10،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 34 މީހުން މަރުވެފައިވާއިރު 8،000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް