މިއަދު ކޯވިޑަށް ޕޮސިޓިވްވީ 59 މީހުން

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 59 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލޭއިން 54 މީހުންނާއި އަތޮޅު ތެރެއިން ހަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި 12 ބިދޭސީންނެވެ....

28 Sep 2020 | 17:28

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 59 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލޭއިން 54 މީހުންނާއި އަތޮޅު ތެރެއިން ހަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި 12 ބިދޭސީންނެވެ.

މިވގުތު ކޯވިޑަށް ފަރުވާ ދެމުންދަނީ 1،166 މީހުންނަށެވެ. އޭގެ ތެރެއިން 82 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 8،950 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި 1،583 ސާމްޕަލް ޓެސްޓު ކޮށްފައިވެ އެވެ.

މިހާތަނަށް ރާޢްޖެއިން ކޯވިޑަށް 10،157 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 34 މީހަކު ވަނީ މަރުވެފައި އެވެ.

https://twitter.com/HPA_MV/status/1310630037381668866

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް