އަޒަރުބައިޖާން، އަރުމީނިއާ ހިއްސާކުރާ ބޯޑަރު ސަރަޙައްދުގައި ކުރިމަތިލުމެއް ހިނގައިފި

އަޒަރުބައިޖާން އާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ދެ ގައުމުގެ ބާރުތަކުން ކުރިމަތިލާ، ދެ ފަރާތަށްވެސް ނިސްބަތްވާ އާންމުންގެ ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިޕޯޓުތަކުން ބުނ...

28 Sep 2020 | 15:06

އަޒަރުބައިޖާން އާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ދެ ގައުމުގެ ބާރުތަކުން ކުރިމަތިލާ، ދެ ފަރާތަށްވެސް ނިސްބަތްވާ އާންމުންގެ ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިއަދުގެ މި ހަމަލާ ބަދަލުކުރުންތަކުގައި މަރުވީ ކިތައް މީހުން ކަމެއް ރިޕޯޓުތަކުގައި ބުނެފައިނުވި ނަމަވެސް އަރުމީނިއާއިން ބުނެފައިވަނީ ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދޭން ފެށީ އަޒަރުބައިޖާނުން ކަމަށެވެ. އަދި ފަހުން މާޝަލް ލޯ ތަންފީޒުކޮށް، އަސްކަރިއްޔާ ރުކުރުވަލީ ކަމަށް ވެސް ބުނެފައި ވެއެެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާނާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެކެވެ. ނަމަވެސް، މި ފަހަކަށް އައިސް، މަސްރަހު އިތުރަށް ގޯސްވަމުން އަންނަ އިރު، އެއްބަޔަކު އަނެއްބަޔަކަށް އަންނަނީ އިލްޒާމު އަޅުވަމުން ނެވެ.

އަރުމީނިއާއާއި އަޒަރުބައިޖާންއަކީ 1991 ވަނަ އަހަރު ރޫޅާލި ސޯވިއެޓް ޔޫނިއަންގެ ބައެކެވެ.

ގޮރްނޯ-ކަރަބަޚް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ސަރަހައްދު ބަލައިގެންފައި ވަނީ އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް މި ސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ އަރުމީނިއާ ދަރިކޮޅުގެ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް