އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އައްސާމްގައި ފެންބޮޑުވެ ގިނަ ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.
ބްރައްމަޕުތްރާ ކޯރުގެ ފެންގަނޑުގެ އުސްމިން އިތުރު ވުމާއެކު ވާރޭވެހުމުގެ ސަބަބުން އެ ސްޓޭޓްގައި ފެންބޮޑުވެ އޭގެ އަސަރު 2.25 ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮށްފަ އެވެ.
އައްސާމް ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނީ މިހާތަނަށް 9 ޑިސްޓްރިކްޓަށް މީގެ އަސަރު ކޮށްފައި ވާކަމަށާއި މުޅިއެކު 2.25 ލައްކައަށް ވުރެ ގިނަ މީހުންނަށް އަސަރު ކޮށްފައިވާ ކަމަށެވެ.
އޭއެސްޑީއެމްއޭ ގެ ރިޕޯޓެއްގައި ބުނެފައިވަނީ ހަމައެކަނި ނަގައޮން އިން އެކަނިވެސް ދޮޅު ލައްކަ މީހުންނަށް ގެއްލުން ވެފައި ވާކަމަށާއި މޮރިގައޮން އިން 32،700 މީހުން، ދެމާޖީ އިން 17،00 މީހުން، ދިބުރަގާހް އިން 11،000 މީހުން އަދި ޓިންސުކިއާ އިން 9،300 މީހުންނަށް ފެންބޮޑުވުމުން އަސަރު ކޮށްފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހި ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާ އިރު، ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންގެ އިތުރުން ހާލުގައި ޖެހިފައިވާ މީހުންނަށް 43 ރިލީފް ކޭމްޕެއް ވެސް މިހާރުވަނީ ހިންގަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް