މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމުން އެމްޓީސީސީ އިން ވިއްކާ ބައެއް ތަކެއްޗަށް ހެޔޮބަދަލެއް ގެނެސްފި އެވެ.
އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިންގެ އަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
"މާބޮޑަށްވެސް އަގުހެޔޮވެއްޖެ"ގެ ނަމުގައި އެ ކުންފުނިން ފެށި ކެމްޕޭނުގެ ދަށުން މި ތަކެތީގެ އަގު ހެޔޮ ކޮށްފައިވާ އިރު، ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާއި ހަމައަށް އަގު ހެޔޮވެގެންދާ އިރު، ޔަންމާ އިންބޯޑް އިންޖީނުން ތަކުންވެސް 7 ލައްކަ ރުފިޔާއާއި ހަމައަށް އަގުހެޔޮވެގެން ދާނެއެވެ.
މީގެއިތުރުން އެކުންފުނިން ވިއްކާ އިންޖީނު އިންސްޓޯލްމަންޓަށް ނަގާއިރު ޑައުން ޕޭމަންޓް ކުޑަ ކޮށްފައިވާ ކަމަށާއި އެގޮތުން ސުޒުކީ އިންޖީނު ގަންނަ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 ޕަސަންޓުން 20 ޕަސަންޓަށް ދަށްކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެެވެ. އަދި ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭ އިރު، ޔަންމާއިންޖީނު ޑައުންޕޭންމެންޓް 35 ޕަސަންޓުން 20 ޕަސަންޓަށް ވަނީ ދަށްކށްފަ އެވެ. އަދި 36 މަހާއި ހަމައަށް ފައިސާ ދެއްކުން ވަނީ ބަހާލަދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް