ކުޅިވަރުގެ ރަނގަޅު ފެސިލިޓީއެއް ރަށްރަށުގައި ގާއިމުވެގެން ދިއުމަކީ ރަނގަޅު ކުޅުންތެރިން އުފެދި، ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމަކަށްވާނެ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޯފު ވިދާޅުވެއްޖެ އެެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާ ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ވިދާޅުވެފައިވާގޮތަށް ދަނޑުތައް ފުރާލުން އެއީ މާލެކަމަކަށް ނުބަލާ ކަމަށާއި މިހާރުގެ ވިސްނުމަކީ ރާއްޖޭގެ ރަށްރަށުގައި ހުރި ދަނޑުތައް ފުރާލުން ކަމަށެވެ. އަދި އެކަންވާނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްގެ ތެރެއިން ފަށައިގެން އަންނަ މަސައްކަތެއް ކަމަށާއި މިކަމުގެ ސަބަބުން ޚާއްސަކޮށް ފުޓްބޯޅައަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް