ތުރާކުނު ކައިރީ އޮތް ދޯންޏެއްގެ ތެރެއަށް ޒުވާނަކު ވެއްޓިގެން އެމްއެންޑީއެެފް އިން އެހީތެރިކަން ފޯރުކޮށްދެނީ

ހއ. ތުރާކުނު ކައިރީ އޮތް ދޯންޏެއްގެ ތެރެއަށް ޒުވާނަކު ވެއްޓިގެން ސިފައިންގެ އެހީއަށް އެދުމުން، ސިފައިން އެހީތެރިކަން ފޯރުކޮށްދެމުްނދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެެވެ. އެ އިދާރާއިން ބުނީ ތުރާކު...

28 Sep 2020 | 10:35

ހއ. ތުރާކުނު ކައިރީ އޮތް ދޯންޏެއްގެ ތެރެއަށް ޒުވާނަކު ވެއްޓިގެން ސިފައިންގެ އެހީއަށް އެދުމުން، ސިފައިން އެހީތެރިކަން ފޯރުކޮށްދެމުްނދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެެވެ.

އެ އިދާރާއިން ބުނީ ތުރާކުނާއި 32 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަރާކުން" ދޯނީގައި ހުރި 32 އަހަރުގެ ދިވެހި ފަޅުވެރިއަކު ދޯނި ތެރެއަށް ވެއްޓި އަނިޔާވިކަމުގެ މައުލޫމާތު މިއަދު މެންދުރު13:30 ހާ އިރު ލިބިފައިވާ ކަމަށެވެ.

އެ މީހާއަށް އަވަސް ފަރުވާ ދިނުމަށް، ހޯރަފުއްޓަށް ގެންދިއުމަށް ސިފައިންގެ ކޯސްޓްގާޑު އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް