ފްލެޓުތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްދީފި

ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓުތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްދީފި އެވެ. ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިތުރު ތިން މަހުގެ ކުލި ފަސްކޮށްދޭން ނިންމީ އ...

28 Sep 2020 | 08:58

ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓުތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްދީފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިތުރު ތިން މަހުގެ ކުލި ފަސްކޮށްދޭން ނިންމީ އެކަމަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ. ކުލި ދެއްކުން ފަސް ކުރިޔަސް، ފްލެޓްތަކުގެ މެއިންޓަނަންސް ފީ އެ މުއްދަތުގައި ދައްކަން ޖެހޭނެ ކަމަށާއި އަދި ކުލި ފަސްކުރާ މުއްދަތު އެގްރިމެންޓްގެ މުއްދަތަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ކުލި ދެއްކުން ފަސްކޮށްދެނީ އެކަމަށް އެދޭ ފަރާތްތަކަށެވެ. ހައުސިން މިނިސްޓްރީން ބުނީ ކުލި ދެއްކުން ފަސްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެކަން އެ މިނިސްޓްރީއަށް އަންގަން ޖެހެ އެވެ.

ކުލި ކުުޑަކޮށްދޭން ނިންމާފައިވަނީ ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަހަށެވެ. މި ތިން މަހުގެ ކުލި މާލެ، ހުޅުމާލެ އަދި އަތޮޅުތަކުގައި ސަރުކާރުން އަޅާފައިވާ ފްލެޓުތަކާއި ހައުސިން ޔުނިޓުތަކުން ފަސް ކުރެވޭނެ އެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ މާލެ އާއި ހުޅުމާލެ އާއި އަތޮޮޅުތަކުގައި ދޫކޮށްފައި ހުރި ފްލެޓްތަކުގެ ކުލި މާޗް މަހުން ފެށިގެން ހަ މަހަށް ފަސް ކޮށްދީފަ އެވެ. އެ މުއްދަތު ހަމަވީ މިދިޔަ އޮގަސްޓު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް