ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނު ދީފި

ޖަޕާނުން ރާއްޖެއަށް47.5 މިލިއަން ރުފިޔާގެ ލޯނު އެހީ ދީފި އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނު ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް...

28 Sep 2020 | 08:06

ޖަޕާނުން ރާއްޖެއަށް47.5 މިލިއަން ރުފިޔާގެ ލޯނު އެހީ ދީފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނު ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އެވެ.

ޖަޕާނުން މިފަހަރު ރާއްޖެއަށް ދިން ލޯނަކީ މިހާތަނަށް ދިން އެންމެ ބޮޑު ލޯނު އެހީ އެވެ. މި ލޯނު ދައްކަން ފަށަން ޖެހެނީ ހަތަރު އަހަރު ފަހުންނެވެ. އަދި ލޯނު ދެއްކުމަށް15 އަހަރުގެ މުއްދަތެއް ދީފައިވެ އެވެ.

ޖަޕާނުން މިއަދު ދިން ލޯނަކީ ރާއްޖޭގެ އިގްތިސޯދު ހަމަޔަކަށް އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދިން ލޯނެކެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވަނީ އިގްތިސޯދީގޮތުން ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. އެހެންނަމަވެސް އެ ދަނޑިވަޅުގައިވެސް ޖަޕާނުން އެހާބޮޑު އެހީތެރިކަމެއް ދިނުމަކީ ފާހަގަ ކުރެވޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޖޕާނު ސަފީރު ވިދާޅުވީ ކުރިޔަށް އޮތްތާވެސް ރާއްޖެއާއި ގާތްގުޅުމެއް ބާއްވައި އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް