އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ މަންމަ ކޯވިޑް-19 އަށް ޕޮސިޓިވްވުމާއި ގުޅިގެން ޑައިރެކްޓު ކޮންޓެކްޓުވެފައިވާތީ އޭނާ ކަރަންޓީން ކޮށްފި އެވެ.
ހަސަން ޓުވިޓާގައި ވިދާޅުވީ ކޯވިޑް-19 އަށް ޕޮސިޓިވްވެގެން މަންމަ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަންމަ އާއި ޑައިރެކްޓު ކޮންޓެކްޓުވެފައިވާތީ އޭނާ ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށް ވިދާޅުވި އެވެ.
ކަރަންޓީންގައި ހުރި ނަމަވެސް އޭނާގެ ކޯވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވްކަމަށް ވިދާޅުވި އެވެ.
https://twitter.com/HassanLatheef/status/1310441113744891904
ހަސަންގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ހޯމް ކަރަންޓީންގައި އެވެ. އެމަނިކުފާނު ކަރަންޓީންގައި ހުންނެވީ އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންނެވުމަށް ފަހު އެވެ.
އެޗްޕީއޭގެ ގައިޑްލައިގައިވާ ގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހު ކަރަންޓީން ވާންޖެހޭނެ އެވެ.
މިހާތަނަށް މަޖިލީހުގެ މެމްބަރަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައެއް ނުވެ އެވެ. އެކަމަކު ގިނަ މެމްބަރުންތަކެއް ޕޮސިޓިވް މީހުންނާއި ކޮންޓެކްޓުވެގެން ކަރަންޓީންކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް