މަންދިރާ އާއި މޯނީ ރާއްޖޭގައި ޗުއްޓީ ހޭޭދަކުރަނީ

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ މަންދިރާ ބޭދީ އާއި މޯނީ ރޯއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ. މި ދެ ތަރިންވެސް ޗުއްޓީ ހޭދަކުރަމުން ދަނީ ސޮނެވާ ފުށީގައި އެވެ. މަންދިރާ ފިރިމީހާ އާއި ދަރިފުޅާއ...

28 Sep 2020 | 03:30

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ މަންދިރާ ބޭދީ އާއި މޯނީ ރޯއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މި ދެ ތަރިންވެސް ޗުއްޓީ ހޭދަކުރަމުން ދަނީ ސޮނެވާ ފުށީގައި އެވެ.

މަންދިރާ ފިރިމީހާ އާއި ދަރިފުޅާއި އެކު އެންމެ ފަހުން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ. ކޯވިޑް-19 ގެ ލޮކްޑައުނާއި ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރު ހުއްޓިފައި އޮތް ދުވަސްވަރު މަންދިރާ ވަނީ މިދިޔަ އަހަރުގެ ދަތުރުގެ ފޮޓޯތައް ހިއްސާކޮށް، އަލުން ރާއްޖެއަށް ޗުއްޓީއަށް އާދެވޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ކަމަށް ބުނެފައި އެވެ.

މޯނީ އެންމެ ފަހުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެވެ. ލޮކްޑައުނަށް ފަހު މިފަހަރު އޭނާ ދުނިޔޭގެ އެކި ގައުމުތަކަށް ދަނީ ދަތުރު ކުރަމުންނެވެ.

އެގޮތުން ރާއްޖެ އައިސްފައި މިވަނީ ޔޫއޭއީގެ ދުބާއީ އާއި އިނގިރޭސިވިލާތުގެ ލަންޑަނަށް ދިއުމަށް ފަހު އެވެ.

މި ދެ ތަރިން ދަނީ ސޮނެވާ ފުށީގެ ހިތްގައިމު މަންޒަރުތަކާއި އެމީހުންގެ ޗުއްޓީގެ އެކި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކަށް އެތައް މިލިއަން ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ރާއްޖެއަކީ މިފަހަކަށް އައިސް ބޮލީވުޑް ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އެގޮތުން ބޮލީވުޑްގެ ވަރަށް ގިނަ ތަރިން އާ އަހަރު ފާހަގަކުރަން ރާއްޖެ އާދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް