ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާ ކޯވިޑް-19 އިން ރަނގަޅުވެއްޖެ އެވެ.
އޭނާއަށް ކޯވިޑް ޖެހުނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެކަން ހާމަ ކުރީ އޭނާގެ ކޮއްކޮ އެވެ.
މަލައިކާ އިއްޔެ އިންސްޓްގްރާމްގައި އޭނާގެ ކުއްތާ އާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ބުނެފައިވަނީ ކޮރޯނާ ވައިރަހުން ސަލާމަތް ވެފައިވާ ކަމަށެވެ.
ކޯވިޑް ޖެހިގެން އުޅުން އިރު އޭނާ ހުރީ ހޯމް ކަރަންޓީންގައި އެވެ. ބަލީގެ މާބޮޑު އުނދަގޫތަކެއް ނުވާކަމަށް އޭރު ބުންޏެވެ.
މަލައިކާގެ އިތުރުން އޭނާގެ ލޯބިވެރިޔާ އަރްޖުން ކަޕޫރުވެސް ކޯވިޑަށް ޕޮސިޓިވްވި އެވެ. ދެމީހުން ޕޮސިޓިވްވީ އެއްކޮށެވެ. އެހެންވެ ބެލެވިފައިވަނީ އެކަކު ގައިން އަނެކަކު ގަޔަށް އެރީ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ދެ މީހުންގެ ތެރެއިން ފުރަތަމަ ކޯވިޑް ޖެހުނު ކަމަށް ބެލެވެނީ މަލައިކާ އަށެވެ. އެއީ އޭނާ ސޮނީ ޓީވީގައި ޖަޖަކަށް މަސައްކަތް ކުރާ ޝޯއެއްގެ ސެޓުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ކޯވިޑަށް އެ ދުވަސްވަރު ޕޮސިޓިވްވެފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް