"ގޭމް އޮފް ތްރޯންސް" ގެ އެކްޓަރު ކިޓް ހެރިންޓަން އާއި ރޯސް ލޭސްލީ އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަވެއްޖެ އެވެ.
މި ދެ ތަރިން ކައިވެނި ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެވެ. އެކަމަކު އެ ދެމީހުން ކައިވެނި ކުރިކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ.
އަދި ދަރިއަކު ލިބެން އުޅޭކަންވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ރޯސްއަށް ފުރަތަަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަ ކުރީ އިނގިރޭސިވިލާތުގެ ފެޝަން މެގަޒިން "މޭކް މެގަޒިން" އިން ކުރިޔަށް ގެންދިޔަ ރޯސްގެ ފޮޓޯ ޝޫޓްއެއްގެ ތެރެއިންނެވެ. އެ މެގަޒިންގެ ފެޝަން އެޑިޓަރު ރޯސް ބަނޑުބޮޑުކޮށް ހުއްޓަނަގާފައިވާ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނެފައިވަނީ ރޯސް އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭ ކަމަށެވެ.
ކިޓް އާއި ރޯސް ބައްދަލުވެފައިވަނީ ކޭމް އޮފް ތްރޯންސްގެ ސެޓުން 2012 ވަނަ އަހަރު އެވެ. އެކަމަކު ރޯސްގެ ކެރެކްޓާ ވަނީ ގޭމް އޮފް ތްރޯންސްގެ ސީޒަން ހަތަރެއްގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް