ފޭސްބުކްގެ 50 މިލިޔަނަށްވުރެ ގިނަ އެކައުންޓަށް ހަމަލާ ދީފި

ފޭސްބުކްގެ 50 މިލިޔަނަށްވުރެ ގިނަ އެކައުންޓަށް އެޓޭކެއް ދީފައިވާކަމަށް ފޭސްބުކުން ބުނެފިއެވެ. އެގޮތުން ފޭސްބުކްގެ ހެޑް އޮފް ސެކިއުރިޓީ، ގައި ރޯސެން ބުނެފައިވަނީ ހެކަރުން އެކަމަށް ބޭނުންކޮށްފައިވަނީ ފޭ...

28 Sep 2018 | 18:49

ފޭސްބުކްގެ 50 މިލިޔަނަށްވުރެ ގިނަ އެކައުންޓަށް އެޓޭކެއް ދީފައިވާކަމަށް ފޭސްބުކުން ބުނެފިއެވެ.

އެގޮތުން ފޭސްބުކްގެ ހެޑް އޮފް ސެކިއުރިޓީ، ގައި ރޯސެން ބުނެފައިވަނީ ހެކަރުން އެކަމަށް ބޭނުންކޮށްފައިވަނީ ފޭސްބުކްގެ "ވިއު އޭޒް" ފަންކްޝަން ކަމަށާއި އެ ފަންކްޝަންގައިވާ "ބަގްސް" ތަކެއް ހޯދައި އެ ފަންކްޝަން މެދުވެރިކޮށް އެކްސެސް ޓޯކަންސް ހޯދައި އެ އެކްސެސް ޓޯކަންސް ތައް މެދުވެރިކޮށް އެ އެކައުންޓްތަކަށް ވަދެފައިވާކަމަށެވެ.

ފޭސްބުކްގެ "ވިއު އޭޒް" ފަންކްޝަނަކީ ޕްރައިވަސީ ސެޓް ކުރުމަސްފަހު އޭގެ ޕްރިވިއު ދައްކުވައިދޭ ފަންކްޝަނެކެވެ.

ފޭސްބުކުން ބުނެފައިވާގޮތުގައި އެ "ބަގް" މިހާރު ވަނީ ހައްލުކޮށްފައެވެ. އަދި އެ މައްސަލަ ދިމާވި އެކައުންޓްތައް ވަގުތުން ލޮގްއައުޓް ކޮށްލެވި އަލުން ލޮގިންވާން ޖެހޭގޮތް ހަދާފައިވާނެކަމަށްވެސް ފޭސްބުކުން ބުނެފައިވެއެވެ.

ފޭސްބުކުން ހާމަކޮށްފައިވާގޮތުންނަމަ އެއްވެސް މީހެއްގެ ޕާސްވޯޑެއް ހެކަރުންގެ އަތަކަށް އަރާފައެއް ނުވާނެއެވެ. ޕާސްވޯޑްގެ ބަދަލުގައި ހެކަރުން ބޭނުންކޮށްފައިވަނީ އެކްސެސް ޓޯކަންސް ތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް