އިލެކްޝަންސްގެ ރަސްމީ ޓްވިޓާ އެކައުންޓް ވަނީ ހެކް ކޮށްފައިކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކްރަމް މިހެން ވިދާޅުވީ ރަސްމީ ނަތީޖާާ އެންޑޯސް ކޮށްފައިވާކަމަށް އިލެކްޝަންސްގެ ރަސްމީ އެކައުންޓުން ޓްވީޓް ކުރުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޓްވީޓް ޑިލީޓް ކުރުުމުން އެކަމާއިމެދު ބަހެއް ހޯދާލަން ގުޅާލުމުންނެވެ.
އެ ޓްވީޓްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބް 2018ގެ ރަސްމީ ނަތީޖާ ކޮމިޝަން އިން އެންޑޯސް ކޮށްފިން ކަމަށާއި ވަގުތީ ނަތީޖާއާއި ރަސްމީ ނަތީޖާއާއި ފަރަގެއް ނެތްކަމަށެވެ. އަދި ރަސްމީ ނަތީޖާ މާދަމާ އިއުލާނު ކުރެވޭނެ ކަމަށެވެ.
ދުވަަހަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ ރަސްމީ އެކައުންޓް ވަނީ ހެކް ކޮށްފައި ކަމަށާއި ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަމަ މި ޓްވީޓް އަކްރަމްގެ ޓްވީޓަރ އެކައުންޓުންވެސް ޓްވީޓްކޮށްފައިވާއިރު އަކްރަމް ވިދާޅުވީ އިލެކްޝަންސްގެ ޓްވިޓާާ އެކައުންޓުން ކުރާ ޓްވީޓްތައް އޮޓޯއިން ޓްވީޓްވާގޮތް ހަދާފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް