ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ...

28 Sep 2018 | 12:56

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މިއަދު ހަވީރު 05:05 ގައި ނެރުނު އެ އެލާޓްގައި ބުނެފައިވަނީ މިއަދު ހަވީރު 05:30 އިން ފެށިގެން މިރޭ 09:30 އާއި ދެމެދުގެ ވަގުތުތަކުގައި ބ އަތޮޅާއި އައްޑުއަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށެވެ. އެވްރެޖްކޮށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް ބުނެފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ މި ވަގުތުތަކުގައި ކަނޑުގަދަވެ އުދައެރުންވެސް އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް