ފައިނަލް ނަތީޖާ، ވަގުތީ ނަތީޖާއާ މާ ބޮޑު ތަފާތެއް ނެތް: އީސީ މެމްބަރު ހަބީބް

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފައިނަލް ނަތީޖާ، ވަގުތީ ނަތީޖާއާއި މާ ބޮޑު ތަފާތެއް ނެތްކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލ ހަބީބު ވިދާޅުވެއްޖެއެވެ. ހަބީބު މިހެން ވިދ...

28 Sep 2018 | 10:49

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފައިނަލް ނަތީޖާ، ވަގުތީ ނަތީޖާއާއި މާ ބޮޑު ތަފާތެއް ނެތްކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލ ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް ޕްރޮފައިލް އަދި ޓްވިޓާ އެކައުންޓްގައި ޖަހާފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ހަބީބު ވިދާޅުވެފައިވަނީ އިންތިހާބުގެ ފައިނަލް ނަތީޖާ އިލެކްޝަންސް ގެ ފަސް މެމްބަރުން އިއްޔެ އެންޑޯސް ކޮށްފައިވާކަމަށާއި ވަގުތީ ނަތީޖާ އާއި މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

ހަބީބް ސޯޝަލް މީޑިއާގައި މިހެން ވިދާޅުވެފައިވާއިރު ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ނަތީޖާއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވާނީ ރައީސް ކަމުގައި ނިންމާފައިވާކަމަށާއި އެހެންކަމުން ދެވޭނެ ކޮމެންޓެއް ނެތްކަމަށެވެ. އިލެކްޝަންސްގެ ރައީސް ފޯނަށް ޖަވާބު ނުދެއްވާތީ ރައީސްގެ ބަހެއް އަދި ނުލިބެއެވެ.

ފައިނަލް ނަތީޖާ އެންޑޯސް ކޮށްފައިވާކަމަށް ހަބީބް ވިދާޅުވެފައިވާއިރު ނަތީޖާ އިއުލާނު ނުކޮށް ލަސްކުރަނީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. މި މައްސަލައިގާ އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް