ރާއްޖޭގެ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް

މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ރަށްތަކަށް އަދި ހުވަދު އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެފައިވަނީ މި...

28 Sep 2018 | 05:07

މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ރަށްތަކަށް އަދި ހުވަދު އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެފައިވަނީ މިއަދު ހެނދުނު 09:20ގައެވެ.

މެޓް އޮފީހުން ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 09:30 އިން މެންދުރު 01:00 އާއި ދެމެދުގެ ވަގުތުތަކުގައި ބ އަތޮޅާއި މ އަތޮޅާއި ދެމެދުގެ ރަށްތަކަށް އަދި ހުވަދުއަތޮޅޫގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އަދި ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް އެ ވަގުތުތަކުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް