ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުސް އޮފީހަށް ރިޔާޒު ހާޒިރުވާން އަންގާފައިވާއިރު އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ހަގީގަތާ ޚިލާފް ދޮގު ވާހަކަ ފަތުރައި، ފިތުނަ އުފައްދަން މަސައްކަތް ކުރުމާއި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ފުލުހުންގެ މުއައްސަސާ ބަދުނާމްކޮށް، ދޮގު ވާހަކަތައް މީޑިއާ މެދުވެރިކޮށް ދައްކާ ކަމުގެ ތުހުމަތުގަ އެވެ.
ހާޒިރުވުމަށް ފޮނުވާފައިވާ ޗިޓްގައިވާގޮތުގައި ރިޔާޒް މިރޭ ހާޒިރުކުރަނީ ސުވާލުކޮށް، ބަޔާން ނެގުމަށެވެ. މި މައްސަލައިގާ ރިޔާޒު ފުލުހަށް ހާޒިރު ކުރާއިރު ރިޔާޒުގެ މައްޗަށް އެހެން މައްސަލައެއްގައިވެސް އަންނަނީ ދައުވާ ކުރަމުންނެވެ. އެއީ މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލައިގަ އެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވި މައްސަލަ ވެސް ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް