މި ދައިތަ ބޮޑު ޖަންގައްޔެއްގައި ރޯވިޔަ ނުދީ ހިފަހައްޓާލީ ތަވައެއްގެ އެހީގައި !

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ މައިނޭ ގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ފެތުރުނަ ނުދީ ހިފަހައްޓާލި އަންހެނަކަށް މައިނޭ ފަޔަރ ރޭންޖަރސް އިން ތައުރީފު ކޮށްފި އެވެ. ނޭންސީ ނަމަކަށް ކިޔާ މި އަންހެންމީހާ ...

28 Sep 2017 | 06:33

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ މައިނޭ ގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ފެތުރުނަ ނުދީ ހިފަހައްޓާލި އަންހެނަކަށް މައިނޭ ފަޔަރ ރޭންޖަރސް އިން ތައުރީފު ކޮށްފި އެވެ.

ނޭންސީ ނަމަކަށް ކިޔާ މި އަންހެންމީހާ އެ އަލިފާންގަނޑު ފެތުރުނަ ނުދީ ކޮންޓްރޯލް ކޮށްފައިވަނީ ބަދިގޭގައި ގެންގުޅޭ ތަވައެއްގެ އެހީގަ އެވެ. އަލިފާން އަލިފާން ނިއްވާ ފަރާތްތަކަށް ގުޅުމަށްފަހު އެމީހުންނަށް އާދެވެންދެން އަލިފާން ފެތުރުނަ ނުދިނުމަށްޓަކައި ނޭންސީވަނީ ކައިރީގައި އޮތް ފެންގަނޑަކުން ތަވަޔަށް ފެންއަޅައިގެން އައިސް އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފަ އެވެ.

ނޭންސީ އެ އަލިފާން ފެތުރުނަ ނުދިނުމަށްޓަކައި އެތައް ފަހަރަކު ފެންގަނޑުން ތަވަޔަށް ފެންއަޅައިގެްނ ފެންގެނެސް އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައި ވެ އެވެ.

އަލިފާން ނިއްވާ މީހުންބުނެފައިވަނީ އަލިފާންގަނޑު ނުފެތުރުނީ ނޭންސީ ކުރި ހިތްވަރުން ކަމަށެވެ. އަދި އެ އަލިފާން ރޯވަން މެދުވެރިވެފައިވަނީ ކޭމްޕްދިޔަ ބަޔަކު އަލިފާން ރޯކޮށް ނިވާނުލާ ހުރުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް