އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 1 ވާ އާދީއްތަ ދުވަހު ގެ ރޭގަނޑު 8.30 ގައި ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި ކަމުގައި އުރީދޫއިން ހާމަކޮށްފި އެވެ.
"އުރީދޫ މޯލްޑިވްސް ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ގުޅިގެން 16 ސެޕްޓެންބަރު 2017 ގައި ނެރެފައިވާ އެޖެންޑާ އަދި ނޯޓިސްއާ ގުޅިގެން ދަންނަވަމެވެ. އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 1 ވާ އާދީއްތަ ދުވަހު ގެ ރޭގަނޑު 8.30 ގައި ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައެވެ." އުރީދޫއިން ހާމަކުރެ އެވެ.
އުރީދޫން ބުނީ ހިއްސާދާރުންގެ ތެރެއިން އެހެންފަރާތެއް ބަދަލުގައި ފޮނުއްވަން ބޭނުންފުޅު ނަމަ ޕްރޮކްސީ ފޯމު ފުރުއްވުން އެދޭ ކަމަށާއި އަދި ދެއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންފުޅުނަމަ ޕްރޮކްސީ ރީވޮކޭޝަން ފޯމު ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދޭ ކމަށެވެ. އަދި މި ފޯމުތައް އުރީފޫގެ ވެބްސައިޓް http://www.ooredoo.mv/investors/. އިން ލިބިވަޑައިގަންނާނެ ކަމަށެވެ.
"ޕްރޮކްސީ ފޯމާއި ޕްރޮކްސީ ރީވޮކޭޝަން ފޯމު ފުރުއްވައި ހުށަހެޅުއްވުމުގެ އެންމެ ފަހު ވަގުތަކީ މިއަދު (28 ސެޕްޓެންބަރު 2017 ވާ ބުރާސްފަތ ދުވަހުގެ) ހަވީރު 5:00 އެވެ. މިފޯމުތައް ހުށަހަޅުއްވާނީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާ އަށެވެ. އަދި، އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީލެމެއިލް ފޮނުއްވުން އެދެމެވެ. " އުރީދޫން ހާމަކުރެ އެވެ.
ޕްރޮކްސީގެ ގޮތުގައި ވަޑައިގަންނަވާ ފަރާތަކީ އުމުރުން 18 އަހަރުވެފައިވާ ފަރާތަކަށް ވާންވާނޭ ކަމަށާއި އަދި ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅުއްވޭނީ 100 ޕްރޮކްސީ ކަމުގައިވެސް އުރީދޫއިން ހާމަކުރެ އެވެ.
އުރީދޫއިން ބުނެފައިވަނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން އަހަރީ އާންމު ޖަލްސާ ބޭވުމަށް ހަމަޖެހިވައިވާ ދުވަހުގެ (1 އޮގަސްޓު 2017 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދޭ ކަމަށެވެ.
"ރެޖިސްޓަރ ކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވަޑައި ނުގެންނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." އުރޫދީއިން ބުނެ އެވެ.
އުރީދޫއިން ހާމަކުރާގޮތުގައި އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި 13 ސެޕްޓެންބަރު 2017 ގެ ހަވީރު 5:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ އެވެ. އަދި އަމިއްލަ ނަމުގައި ނުވަތަ ޕްރޮކްސީ ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކަށް، ކޮންމެ ހިއްސާދާރަކަށް ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ދެއްވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް