ބޮލީވުޑް މެގަ ސްޓަރ ސަލްމާން ޚާންގެ ފޭނުން އަބަދުވެސް އިންތިޒާރު ކުރަމުން އަންނަނީ އޭނާ ކައިވެންޏެއް ކުރާނެ ދުވަހަކަށެވެ. އެދުވަސް ކައިރި މުސްތަގްބަލެއްގައި އަންނާން ނެތް ނަމަވެސް ދާދި އަވަހަށް ސަލްމާން ބައްޕައަކަށް ވެދާނެ ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.
ބޮލީވުޑް ތަރިންގެ މެދުގައި، ސަރޮގޭޓް ކޮށްގެން، އެޑޮޕްޓް ކޮށްގެން ދަރިން ހޯދުން އާއްމުވެފައިވާއިރު މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސަލްމާން ޚާންވެސް ދާދި އަވަހަށް ދަރިއަކު ހޯދާނެ އެވެ. އަދި މިއީ މިހާރު ކަށަވަރު ވެފައިވާ ހަބަރެއް ކަމުގައިވެސް ބައެއް ނޫސްތަކުން ބުނެފައި ވެ އެވެ.
ސަލްމާން ޚާން ދަރިއަކު ހޯދަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސަލްމާން އަދިވެސް އުޅެނީ ލޫލިއާ ވަންތޫރާއިއެކު ލޯބީގެ ގޮތުން ގުޅިގެންނެވެ. ސަލްމާނާ ކައިވެނި ކުރާން ބޭނުންވާކަމަށް ލޫލިއާ ބުނެފައިވާއިރު އެކަމަށް ޖަވާބެއް ސަލްމާނު ދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް