ދަ ޓާމިނޭޓަރ ފްރެންޗައިސްގެ އާ ބައެއް ދާދި އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަން ކަށަވަރު ވެއްޖެ އެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ޓާމިނޭޓަރ އެނބުރި އަންނަނީ ޓާމިނޭޓަރ 2 ގެ ޑައިރެކްޓްކުރި ޖޭމްސް ކެމެރަން އާއި އެކުގަ އެވެ. ނަމަވެސް މި ފިލްމު ޑައިރެކްޓް ކުރަނީ ކެމެރަން އެއް ނޫނެވެ. ކެމެރަން އަންނަނީ ޕްރޮޑިއުސަރެއްގެ ގޮތުގަ އެވެ.
މި ސީކުއެލްގެ ނަންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ. ހާމަކޮށްފައިވަނީ ވަރަށް މަދު މައުލޫމާތެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޖުލައި 26 ގައި ފިލްމު އަޅުވާނެ އެވެ. ފިލްމު ޑަރިރެކްޓް ކުރަނީ ޓިމް މިލަރ އެވެ. އިތުރަށް މަ ގިނަ މައުލޫމާތެއް އަދި ފެންމަތިވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް