އެޕަލް އިން އަންނަ ނޮވެމްބަރު މަހު ވިއްކަން ފަށާ އައިފޯނުގެ އެންމެ ހާއްސަ ފީޗަރ ކަމުގައިވާ ފޭސް އައިޑީއަކީ 13 އަހަރުން ދަށުގެ ކުޑަކުދީންނަށް އެންމެ އެކަށީގެންވާ ފީޗަރ އެއް ނޫން ކަމަށް އެޕަލްއިން ބުނެފި އެވެ.
ދަ ގާޑިއަންގައި ވާގޮތުން އެޕަލްއިން މިހެން ބުނެފައިވަނީ އެޕަލްއިން އިއްޔެ ނެރުނު ސެކިއުރިޓީ ގައިޑެއްގަ އެވެ. ސަބަބެއް ކަމުގައި އެޕަލްއިން ބުނަނީ ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު އުމުރުން 13 އަހަރުގައި އެ ކުއްޖެއްގެ މޫނު އެއްކޮށް "ޑެވެލޮޕް" ނުވާނެ ކަމަށެވެ. އަދި ކުޑަކުދިންގެ މޫނު ހެދި ބޮޑުވަމުން އަންނައިރު ބަދަލުތަކެއް އަންނާތީ ކަމަށެވެ.
މީގެ އިތުރުން އެއްމާބަނޑު މީހުންނާއި އެއްބަނޑު އެއްބަފާ، ވައްތަރު މީހުން އައިފޯނު ބޭނުންކުރާނަމަ ރަނގަޅު ގޮތަކީ ފޭސް އައިޑީ ބޭނުން ނުކުރުން ކަމަށް އެޕަލް އިން އިލްތިމާސް ކުރާ ކަމަށްވެސް ގާޑިއަންގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް