މަޝްހޫރު އޭކޭ 47 މަރުކާގެ ބަޑި އުފެއްދި ރަޝިޔާގެ ކުންފުނި ކަލަކޮޝްނިކޯވް އިން ހޯވަރ ބައިކެއް އުފައްދައި އެ އުފެއްދުން ދައްކާލައިފި އެވެ.
މި އުފެއްދުން މިދިޔަ ހޯމަ ދުވަހު ދައްކާލާފައިވާއިރު މި އުފެއްދުމަށް އެ ކުންފުނިން ދީފައިވާ ނަމަކީ "ފްލައިން ކާރ" އެވެ. އެ ކުންފުނިން ދައްކާލާފައިވަނީ މީގެ ޕްރޮޓޯ ޓައިޕެކެވެ.
ޕްރޮޓޯ ޓައިޕްއިން ފެންނަ ފެނުމުގައި އަށް ބުރަފަތި ހަރުކޮށްފައިވާ މި އުފެއްދުމުގެ މައިގަނޑު ހަދާފައިވަނީ ދަގަނޑުންނެވެ. ޖޮއިސްޓިކް ތަކެއް ހަރުކޯށްފައި ވެ އެވެ. މި އުފެއްދުން އެއްކޮށް ނިމޭއިރު ރަނގަޅު ޑިޒައިނެއްގެ ބޮޑީއެއް ހިމަނާނެ ކަމުގައި ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް