ލޮނުޒިޔާރަތްމަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 03:35 ހާއިރު މި ހާދިސާގެ މަޢުލޫމާތު ފަޔރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ފަޔަރ ފައިޓަރުންގެ ޓީމެއް ވަނީ އަލިފާން ނިއްވާ ސާމާނާއިއެކު އެސަރަހައްދަށްގޮސް ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާކަމަށެވެ.
"މި ހާދިސާގައި މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، އަލިފާން ރޯވި ކާރުގެ އިތުރުން އެސަރަހައްދުގައި ޕާރކުކޮށްފައިއޮތް ކުޑަ ޕިކަޕަކަށް އަލިފާނުގެ އަސަރުކޮށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ." އެމްއެންޑީއެފުން ބުނެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ މިހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް