މަދިރީގެ އުނދަގުލުން ސަލާމަތް ކޮށްދޭ ސްމާޓް ފޯނެއް އެލްޖީއިން ތައާރަފް ކޮށްފި އެވެ. މި ފޯނު ހާއްސަ ކޮށްފައިވަނީ އިންޑިއާއަށެވެ.
ފޯނުގެ މޮޑެލް އަކީ އެލްކީ ކޭ7 އައި އެވެ. މި ފޯނުގައި ފަސް އިންޗީގެ އެޗްޑީ ޑިސްޕްލޭއެއް ހިމަނާފައިވާއިރު ދެ ޖީބީގެ ރޭމް އެއް ހިމަނާފައި ވެ އެވެ. ސްޓޯރޭޖް ކެޕޭސިޓީ އަކީ 16 ޖީބީ އެވެ. ފޯނުގައި ހިމަނާފައިވާ އޯއެސް އަކީ އެންޑްރޮއިޑް މާޝްމެލޯ އެވެ.
މި ފޯނުގެ އެންމެ ހާއްސަ ކަމަކީ ފޯނުގައި ހިމަނާފައިވާ މަދިރިން ދުރުކޮށްދޭ އަލްޓްރާ ސައުންޑް ވޭވް ޓެކްނޮލޮޖީ އެވެ.
މި ޓެކްނޮލޮޖީ ހިމަނައިގެން ސްމާޓް ފޯނެއް އެލްޖީން ބާޒާރަށް ނެރެފައިވާއިރު އެލްޖީގެ ބައެއް އިތުރު އުފެއްދުންތައް ކަމުގައިވާ އޭސީ އާއި ޓީވީ އާއި ދޮންނަ މެޝިނުގައިވެސް މި ޓެކްނޮލޮޖީ މިހާރު ވަނީ ހިމަނާފައި ވެ އެވެ.
ނަމަވެސް އެލްޖީގެ މި ޓެކްނޮލޮޖީ އަކީ ހަގީގަތުގައިވެސް މަސައްކަތް ކުރާ ޓެކްނޮލޮޖީއެއް ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ބީބީސީންވެސް ބަނީ މި ޓެކްނޮލޮޖީއާއިމެދު ސުވާލު އުފައްދާފަ އެވެ. އެންޓޯމޮލޮޖިސްޓެއް ކަމުގައިވާ ބާޓް ނޯލްސް ބުނެފައިވަނީ އަލްޓްރާ ސައުންޑުން މަދިރި ދުރުކޮށްދޭ ކަމުގެ ސައިންޓިފިކް ހެއްކެތް އަދި ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް