ފަލަސްތީނުގެ ރައްޔިތެއްގެ ގަޔަށް ފާޅުގައި ބަޑިޖަހައި ޝަހީދުކޮށްލި އިޒްރޭލު އަސްކަރިއްޔާގެ (މަތީގައިވާ ފޮޓޯގައިވާ) މީހާއަށް އިއްވި 18 މަހުގެ ޖަލުހުކުމުން ހަތަރު މަސް މައާފުކޮށްދީ އޭނާގެ ޖަލު ހުކުމް އިޒްރޭލު އަސްކަރިއްޔާއިން ލުއިކޮށްދީފި އެވެ.
ފޮޓޯގައި އެވާ އެލޯރ އަޒައިރާ ނަމަކަށްކިޔާ ޔަހޫދީ ކަލޭގެ ޖަލަށް ލުމަށް އިޒްރޭލުގެ ކޯޓަކުން ނިންމީ ޒަހަމްވެ ބިންމައްޗަށް ވެއްޓިފައި އޮތް ފަލަސްތީނުގެ ރައްޔިތެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާ މަންޒަރުގެ ވީޑީއޯ ފެންމަތިވުމުންނެވެ.
މައްސަލަ ކުރިއަށްދިޔައިރު އަޒައިރާ ބުނެފައިވަނީ އަބްދް އެލްފަތާހް އަޝަރީފް ގެ ގަޔަށް ބަޑިޖެހީ އޭނާ ތެދުވެ ހަމަލާއެއް ދީފާނެ ކަމުގައި ބެލެވޭތީ ކަމަށެވެ. ނަމަވެސް ކޯޓުން އޭނާ އަކީ ކުށްވެރިއެއް ކަމުގައި ނިންމާ ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް