މާފުށީގައި ކުރިޔަށްދާ މަސްރޭހުގެ ތެރެއިން -- ފޮޓޯ: އުރީދޫ
އުރީދޫ މަސްރޭ 2026 ކ. މާފުށީގައި ފެށިގެން ކުރިޔަށް އެބަދެ އެވެ.
މި ރޭސް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން ނެވެ. މިއަހަރުގެ މުބާރާތުގައި 14 ޓީމަކުން ބައިވެރިވެ އެވެ.
މަސް ރޭހުގެ ޓީމުތަކާއި އެކު ދޯނިތައް ފުރީ މެންދުރު 2:15 ގައި އެވެ. ޓީމުތައް މަސް ބާނައިގެން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި އެވެ.
އުރީދޫއިން މައުލޫމާތު ދޭގޮތުގައި މި މުބާރާތުން ވަނަ ވަނައަށް ދާ ފަރާތްތަކަށް ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ވަނަ ޓީމަށް، 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ ޓީމަށް ފަސް ހާސް ރުފިޔާ އެވެ.




މި މުބާރާތުގައި ހޮވާ އިތުުރު ވަނަތަކުގެ ތެރެއިން އެންމެ މޮޅު އަންހެން މަސްވެރިޔާ، ފިރިހެން މަސްވެރިޔާ އަދި އެންމެ ބަރު މަސް ބޭނި ފަރާތް ހިމެނެ އެވެ. އޭގެން ކޮންމެ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
އުރީދޫ މަސްރޭހަކީ ދިވެހިންގެ މަސްވެރިކަމުގެ ހުނަރާއި ޒަމާނުއްސުރެ މަސްވެރިކަމަށް އޮންނަ ލޯބި ދެމެހެއްޓުމުގެ ނިޔަތުގައި ބާއްވާ ހަރަކާތެކެވެ. އަދި މިއީ އަބަދުވެސް ވަރަށް ފޯރިއާއެކު ރާއްޖޭގެ އެކި ހިސާބުތަކުން ބައިވެރިވަމުން އަންނަ އިޖުތިމާއީ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް