ޖަޕާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޝިންޒޯ އަބޭ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ ބަލި ހާލަތާއި ގުޅިގެންނެވެ. އުމުރުން 65 އަހަރުގެ ޝިންޒޯ އަބޭ ވިދާޅުވެފ...

28 Aug 2020 | 15:18

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝިންޒޯ އަބޭ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ ބަލި ހާލަތާއި ގުޅިގެންނެވެ.

އުމުރުން 65 އަހަރުގެ ޝިންޒޯ އަބޭ ވިދާޅުވެފައިވަނީ އޭނާގެ ބަލި ހާލަތު، ގައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ހުރަހަކަށް ވާން ނޭދޭ ކަމަށެވެ.

ބޮޑުވަޒީރުކަމުން އަބޭ އިސްތިއުފާ ދެއްވި ނަމަވެސް ބޮޑު ވަޒީރަކު އިންތިހާބު ކުރެވެންދެން މަގާމުގައި ހުންނާނެއެވެ.

2006 އިން 2007 އަށްވެސް ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވުމަށްފަހު އަލުން 2012 ގައި އިންތިހާބުވުމަށްފަހު މިއަދާއި ހަމައަށް ބޮޑުވަޒީރުކަން ކުރައްވާފައިވާއިރު އަބޭ ވެގެންދަނީ ޖަޕާނުގެ ތާރީހުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ފަރާތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް